އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މުސްލިމުންގެ އަދަދު 8،610 އަށް އަރާފައިވާކަމުގައި ޣައްޒާގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ދެންމެ ބުނެފައިވަނީ މިއަދާއި ހަމައަށް ޝަހީދުންގެ އަދަދު 8،610 އަށް އަރާފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު 23 ހާހުން މައްޗށް ގޮސްފައިވާކަމަށެވެ.
މީގެ އިތުރުން ހުޅަނގު އައްސޭރިން ޝަހީދުވި އަދަދު 125 އަށް އަރާފައިވާއިރު އެ ސަރަހައްދުން ޒަޚަމްވި އަދަދު 2،050 އަށް އަރާފައިވާކަމަށެވެސް ބުނެފައިވެއެވެ.
ޝަހީދުންގެ އަދަދު މިރޭ 8600 އަށް އަރާފައިވާއިރު ދާދި ދެންމެއަކު ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ވަރުގަދަ ހަ ބޮމުގެ ހަމަލާއެއް އިޒްރޭލުން ދީފައިވެއެވެ.
މި ހަމަލާގައި އެތައް އިމާރާތެއް ބިމާއި ހަމަވެފައިވާއިރު މި ހަމަލާގައި އެކަނި ޝަހީދުވި މީހުންގެ އަދަދު މިހާރުވެސް ވަނީ 100 އިން މައްޗަށް ގޮސްފައެވެ. ޒަޚަމްވި އަދަދު ވަނީ 400 އިން މައްޗަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް