ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް ވަރުގަދަ ހަމަލާތަކެއް – 100 އަށްވުރެ ގިނަ މަރު

ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖަބަލިއާ ރެފިއުޖީ ކޭމްޕާއި އެ ކޭމްޕާއި އިންވެގެންވާ އިމާރާތްތަކަށް ދިން ވަރުގަދަ ހަމަލާތަކ...

31 Oct 2023 | 14:50

ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖަބަލިއާ ރެފިއުޖީ ކޭމްޕާއި އެ ކޭމްޕާއި އިންވެގެންވާ އިމާރާތްތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި ޝަހީދުވި އަދަދު މިވަގުތުވެސް އުޅެނީ 100 އިން މަތީގައެވެ. ޒަޚަމްވި އަދަދު އުޅެނީ 150 އިން މަތީގައެވެ.

މި ހަމަލާގައި އެމެރިކާއިން އުފައްދާފައިވާ ވަރުގަދަ ހަ ބޮމެއް އިޒްރޭލުން ޖަބަލިއާއަށް ވައްޓާލިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި މި ހަމަލާގައި ޝަހީދުވި ޝަހީދުންގެ އަދަދު ކޮންމެ މިނެޓަކު އަންނަނީ އިތުރުވަމުންނެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް އާންމުން މިހާރުވެސް ހަރަކާތްތއެރިވަމުން އަންނައިރު މުޅި ސަރަހައްދު ވަނީ ބިމާ ހަމަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް