ޣައްޒާ ވަމުން އެދަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށް: ޔުނިސެފް

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާ ވަމުން އެދަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށް ކަމުގައި ޔުނިސެފުން މިއަދު ބުނެފިއެވެ. ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އދ ގެ ޖަމިއްޔާ ޔުނިސެފުން މިއަދ...

31 Oct 2023 | 11:07

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާ ވަމުން އެދަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށް ކަމުގައި ޔުނިސެފުން މިއަދު ބުނެފިއެވެ.

ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އދ ގެ ޖަމިއްޔާ ޔުނިސެފުން މިއަދު ބުނެފައިމިވަނީ ޣައްޒާގައި ޝަހީދުވެފައިވާ ކުޑަކުދިންގެ އަދަދު ތިން ހާހުން މައްޗަށްގޮސްފައިވާ މި ދަނޑިވަޅުގައެވެ.

ޔުނިސެފުން މިއަދުވެސް ގޮވާލީ ހަނގުރާމަ މެދުކަނޑާލައި ޒަރޫރީ އިންސާނީ އެހީ ޣައްޒާއަސް ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.

އިޒްރޭލުން ފާއިތުވި 25 ދުވަހު މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 8,382 މީހަކު ޝަހީދުވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މި އަދަދުގެ ތެރެއިން 3،457 އަކީ ކުޑަކުދިންކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ.

ޔުނިސެފުން މިއަދު އިތުރަށް ފާހަގަކުރިގޮތުގައި ފާއިތުވި 25 ދުވަހުގެ ތެރޭގައި ގެއްލިފައިވާ ކުޑަކުދިންގެ އަދަދުވެސް އުޅެނީ 900 އިން މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް