އާދަކާދައިގެ މަތިން މިއަދު މަޖިލީހުގައި އޮތީ ތާޅަފިލި ދުންމާރި !

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވި މެދުކަނޑާލަން ޖެހިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައިގާ ދެ ޖަލްސާއެއް އިއްޔެއާއި ކުރީ...

31 Oct 2023 | 04:52

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވި މެދުކަނޑާލަން ޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައިގާ ދެ ޖަލްސާއެއް އިއްޔެއާއި ކުރީ ދުވަހު ބޭއްވިފައިނުވާއިރު މިއަދު ބާއްވަން އުޅުނީ އާންމު ޖަލްސާއެކެވެ. ރިޔާސަތާއި ހަވާލުވެވަޑައިގެންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

އެހެން ނަމަވެސް ދުންމާރީގެ އަޑުފައްގަނޑާއިއެކު މަޖިލީހުގައި އެމްޑީޕީއަށް ތާއީދުކުރައްވާ މެންބަރުން މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔަ ދީފައެއް ނުވެއެވެ.

ރިޔާސަތަށް ހަސަން އަފީފް އަރާވަޑައިގަތުމުގެ ކުރިން މަޖިލިސް ގުގުމާލާފައި އޮތީ ދުންމާރި އަޑުންނެވެ. ރިޔާސަތަށް ހަސަން އަފީފް އަރާވަޑައިގަތުމާއެކު އެމްޑީޕީ ޕީޖީގެ ބައެއް މެންބަރުން ވަނީ ރިޔާސަތު ގޮނޑި ކައިރިއަށް ގޮސް މައިކު ނިއްވާލައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ކުރިއަށްދާނެގޮތް އަދި ވެފައިނުވާއިރު ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު ކަމެއް މަޖިލީހުގައި ނުކުރެވޭނެކަމަށް އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕުން ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ ފާއިތުވި ދެ ދުވަހު ކުރިއަށް ގެންދެވިފައިނުވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އާލާސްކަންފުޅެއްގައި އުޅުއްވާތީ ސަލާމުގައި ހުންނެވީތީއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު މައްސަލައެއް ކުރިއަށްދާއިރު ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސްކަމަށް ގަވާއިދުގައި ބުނެއެވެ.

މިއަދު މަޖިލީހުގައި ދުންމާރީގެ އަޑު ގަދަވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ތާރީހުތަކުގައި ހަލަބޮލިވާ ކޮންމެ ފަހަރަކު ދުންމާރީގެ އަޑު ގަދަކޮށްލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް