ރާއްޖެއިން ފުރި ފްލައިޓެއް މޫސުން ގޯސްވެ އިންޑިއާއަށް ލޭންޑްކޮށްފި

ރާއްޖެއިން ފުރައިގެން ސްރީ ލަންކާގެ ކޮލޮމްބޯއަށް ދަތުރުފެށި ފްލައިޓެއް އިންޑިއާއަށް ލޭންޑުކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސްރީ ލަންކަން އެއާލައިންސްގެ އެ ފްލައިޓަކީ އިއްޔެ މާލެއިން ލަންކާއަ...

31 Oct 2023 | 04:39

ރާއްޖެއިން ފުރައިގެން ސްރީ ލަންކާގެ ކޮލޮމްބޯއަށް ދަތުރުފެށި ފްލައިޓެއް އިންޑިއާއަށް ލޭންޑުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސްރީ ލަންކަން އެއާލައިންސްގެ އެ ފްލައިޓަކީ އިއްޔެ މާލެއިން ލަންކާއަށް ފުރި ފްލައިޓެކެވެ. އެ ފްލައިޓް އިންޑިއާގެ ތިރުވަނަންތަޕޫރަމް އެއާޕޯޓަށް ލޭންޑުކުރީ މޫސުން ގޯސްކަމުން ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސެން ނެތުމުންކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ހަމަ އެއާއެކު އިންޑޮނޭޝިޔާގެ ޖަކާޓާއިން ފުރި ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއްވެސް އިންޑިއާގެ ތިރުވަނަންތަޕޫރަމް އެއާޕޯޓަށް ޑައިވާޓް ކުރިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ދެ ފްލައިޓް އަނބުރާ ލަންކާއަށް ދިޔަކަމެއް ސާފެއް ނޫނެވެ.

ލަންކާގެ ނިއުސްވަޔަރ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މިއަދުވެސް ލަންކާއަށް މޫސުން ގޯހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް