ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި "ގްލޯބަލް ކްލައިމެޓް" ހީރޯ، ރައީސް ނަޝީދާ ޖެހި އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ރިޝީ ސުނާކް ހޫނުފެނަށް ވެއްޓިއްޖެއެވެ.
މިކަން ހިނގި ގޮތަކީ ކޮޕް 27 ސަމިޓުގައި ބައިވެރިނުވާން ސުނާކް ނިންމަވާފައިވަނިކޮށް ރައީސް ނަޝީދު ކުރެއްވި ވަރުގަދަ ސުވާލަކާޖެހި ސުނާކްގެ އެ ނިންމުން ބަދަލުކުރަން ޖެހުމާއިހަމައަށް ކަންތައްތައް ދިއުމެވެ.
ކްލައިމެޓް ޗޭންޖަށްވުރެ ސުނާކަށް ދެން މުހިންމުވަނީ ވަކި ކޮން އެހެން ކަމެއްތޯ ނަޝީދު ސުވާލުކުރައްވާފައިވެއެވެ.
ސުނާކްގެ މި ނިންމުމާއި ގުޅިގެން ކުދި ގައުމުތަކުން، ހާއްސަގޮތެއްގައި ކްލައިމެޓް ޗޭންޖްގެ ސަބަބުން ނުރައްކަލަށް ހުށަހެޅިދާނެކުގެ ބިރު އޮތް ގައުމުތަކުން އިނގިރޭސިވިލާތާއިމެދު ދެން ދެކޭގޮތް ބަދަލުވެ އިނގިރޭސިވިލާތާއި ގައުމުތަކާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އެރުން އެކަށީގެންވާކަމުގައި ބޭރު މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ރައީސް ނަޝީދުގެ އެ ޓްވީޓާއެކު ސުނާކް ހޫނުފެނަށް ވެއްޓިފައިވާއިރު އިނގިރޭސިވާލުގެ އެންވަރަންމަންޓް މިނިސްޓަރު މާކް ސްޕެންސާ ވަނީ ސުނާކްގެ އެ ނިންމެވުމަކީ އަދި ފައިނަލް ނިންމެވުމެއް ނޫންކަމަށާއި އެ ނިންމުން ބަދަލުކުރުމުގެ ފުރުސަތު އޮތްކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް