ވެރިފައިޑް ޓުވިޓާ އެކައުންޓު ގެންގުޅޭ މީހުންއަތުން ފީ ނަގަން ފަށަނީ

ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާގައި ވެރިފައިޑް އެކައުންޓު ނުވަތަ ބްލޫ ޓިކް ޖަހާފައިވާ އެކައުންޓުތައް ގެންގުޅޭ މީހުންގެ އަތުން ފީއެއް ނަގަން ތައްޔާރުވަމުން އެބަދެ އެވެ. ޓެކްނޮލޮޖީ ހަބަރުތަކަށް ހާއްސަ ވެބ...

31 Oct 2022 | 17:16

ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާގައި ވެރިފައިޑް އެކައުންޓު ނުވަތަ ބްލޫ ޓިކް ޖަހާފައިވާ އެކައުންޓުތައް ގެންގުޅޭ މީހުންގެ އަތުން ފީއެއް ނަގަން ތައްޔާރުވަމުން އެބަދެ އެވެ.

ޓެކްނޮލޮޖީ ހަބަރުތަކަށް ހާއްސަ ވެބްސައިޓް ދި ވާޖުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބަދަލަކީ މިދިޔަ ހަފްތާގައި އެ ކުންފުނި ގަތް ބިލިއަނަރު އެލޮން މަސްކުގެ ނިންމުމެކެވެ. އޭނާ ޓުވިޓާ ގަތުމުގެ ކުރިން އެ ނެޓްވޯކާއި ގުޅޭގޮތުން ދެއްކި ވާހަކައިގައިވެސް ވަނީ އެ ފަދަ އެކައުންޓުތަކުން އެ ކުންފުންޏަށް ފައިދާއެއް ވާން ޖެހޭ ކަމަށް ބުނެފައި އެވެ.

މަސްކް ނިންމާފައިވަނީ 19.9 ޑޮލަރުގެ ފީއެއް ބްލޫ ޓިކް އެކައުންޓުތަކުން ނަގާށެވެ. މިގޮތަށް ހަދަން ނިންމީ އެ އެކައުންޓުތައް ބޭނުން ކުރަނީ ފޭކު ބައެއް ނޫކަން ޔަގީން ކުރުމަށް ކަމަށް މުވައްޒަފުންނަށް މަސްކް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ. އެއީ މިހާރު އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި އެކައުންޓު ހަދައިގެން ވެރިފައިޑްކޮށްގެން އުޅެ އެވެ.

ޓުވިޓާގެ ގަވައިދުތައް ހަދާފައިވާ ގޮތުން މިހާރު ވަރަށް ފަސޭހައިން ބްލޫ ޓިކް ޖަހާލައި، ވެރިފައިޑް އެކައުންޓަކަށް ހަދާލެވެ އެވެ.

މި ނިންމުން ތަންފީޒު ކުރަން އެ ނެޓްވޯކަށް ގެންގަން ޖެހޭ ބަދަލުތައް ގެނެސް އެ ފީޗާ ތައްޔާރު ކުރުމަށް މުވައްޒަފުންނަށް ދީފައިވާ ފަހުގެ ތާރީހަކީ އަންނަ މަހުގެ ހަތް ވަނަ ދުވަހެވެ. ޓުވިޓާގެ މުަވައްޒަފަކާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ މުއްދަތަށް މަސައްކަތް ނުނިންމިއްޖެ ނަމަ އެމީހުންގެ ވަޒީފާއި މެދު ވިސްނުމަށް އަންގާފައިވާ ކަމަށެވެ.

ޓުވިޓާއިން ނިންމާފައިވަނީ މިހާރު ވެރިފައި ކޮށްފައި ހުރި އެކައުންޓުތަކަށް 90 ދުވަހުގެ މުހުލަތެއް ދިނުމަށެވެ. އޭގެ ފަހުން ފީ ދައްކަން ބޭނުން ނުވާ ފަރާތްތަކުގެ ޓުވިޓާ އެކައުންޓުތަކުގެ ބްލޫ ޓިކާ ދާނެ އެވެ.

ޓުވިޓާއިން މިދިޔަ އަހަރު ވަނީ "ޓުވިޓާ ބްލޫ"ގެ ނަމުގައި ފީޗާއެއް ތައާރަފުކޮށް، ފީއެއް ދައްކައިގެން އެ ފީޗާ ބޭނުން ކުރެވޭ ގޮތް ހަދާފައި އެވެ. އެ ފީޗާ އަކީ ހާއްސަ ހިދުމަތްތަކެއް ލިބޭ ފީޗާއެކެވެ. އޭގެ ތެރޭގައި ކުރިން ޓުވީޓެއްގައި ލިޔެފައިވާ އެއްޗެއް އަންޑޫ ކުރެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް