ޕީސީ ތިން އަހަރު ފަހުން ގައުމަށް، ދަރިފުޅު ފެންނާނެތީ އިންޑިއާ މީހުން އުފާވެފައި!

ބޮލީވުޑް އަދި ހޮލީވުޑްގައި ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަމިއްލަ ގައުމު، އިންޑިއާއަށް ގޮސްފި އެވެ. އޭނާ އިންޑިއާއަށް ގޮސްފައި މިވަނީ ތިން އަހަރަށް ފަހު އެވެ. އެމެރިކާގެ މަޝްހޫރު ލަވަކިޔުން...

31 Oct 2022 | 14:30

ބޮލީވުޑް އަދި ހޮލީވުޑްގައި ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަމިއްލަ ގައުމު، އިންޑިއާއަށް ގޮސްފި އެވެ.

އޭނާ އިންޑިއާއަށް ގޮސްފައި މިވަނީ ތިން އަހަރަށް ފަހު އެވެ. އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނި ކޮށްގެން އެގައުމަށް ދިރިއުޅުން ބަދަލު ކުރި ފަހުން އޭނާ އިންޑިއާއަށް ކުރީ އެންމެ ދަތުރެކެވެ.

ޕްރިޔަންކާ ވަނީ އިންޑިއާއަށް ދާކަން އިންސްޓަގްރާމްގައި ހާމަކޮށްފައި އެވެ. އޭނާގެ ސްޓޯރީއަށް ވަނީ ބޯޑިން ފާހުގެ ފޮޓޯއެއް ލައި ތިން އަހަރު ފަހުން އިންޑިއާއަށް ދެވޭތީ އުފަލުން ހުރި ކަމަށް ބުނެފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގައި ތިބި ޕީސީގެ ފޭނުން ތިބީ ވަރަށް އުފަލުންނެވެ. އަދި އެންމެ ގިނަ ބަޔަކު އުންމީދުކުރަނީ ޕީސީ އާއި ނިކްގެ ދަރިފުޅު ފެންނާނެ ކަމަށެވެ.

އެކަމަކު ދަރިފުޅު އަދި ފިރިމީހާ މި ދަތުރުގައި ބައިވެރިވާ ކަމެއް ނުވަތަނޫން ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ. ޕީސީ ދަރިފުޅު ގޮވައިގެން ދިޔަޔަސް އެ ކުއްޖާ އާންމުންނަށް ދައްކާނެކަމަށް ނުބެލެވެ އެވެ.

އެއީ މިހާތަނަށް އޭނާ އާންމު ކުރަމުން ދަނީ ދަރިފުޅުގެ މޫނު ނުފެންނަ ފޮޓޯތަކެވެ. ޕްރިޔަންކާގެ ދަރިފުޅަށް ކިޔަނީ މާލްތީ މޭރީ ޖޯނަސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް