ފޭނެއް ސިއްރުން ވިރާޓް ކޯލީގެ ކޮޓަރިއަށް ވަދެ ވީޑިއޯކޮށްފި

އިންޑިއަން ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން ވިރާޓް ކޯލީގެ ކޮޓަރިއަށް އޭނާގެ ފޭނެއް ސިއްރުން ވަދެ، އެ ކޮޓަރީގެ އެތެރޭގެ މަންޒަރުތައް ވީޑިއޯ ކޮށްފިއެވެ. ވިރާޓްގެ ފޭނެއް ވީޑިއޯ ކޮށްފައިވަނީ ވިރާޓް މަޑުކޮށ...

31 Oct 2022 | 12:51

އިންޑިއަން ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން ވިރާޓް ކޯލީގެ ކޮޓަރިއަށް އޭނާގެ ފޭނެއް ސިއްރުން ވަދެ، އެ ކޮޓަރީގެ އެތެރޭގެ މަންޒަރުތައް ވީޑިއޯ ކޮށްފިއެވެ.

ވިރާޓްގެ ފޭނެއް ވީޑިއޯ ކޮށްފައިވަނީ ވިރާޓް މަޑުކޮށްގެން ހުރި ކޮޓަރީގެ އެތެރޭގެ މަންޒަރުތަކެކެވެ.

އެ ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ވިރާޓް ކޯލީ ބުނީ އާންމު ގޮތެއްގައި އޭނާއަކީ ހުރިހާ ފޭނުންނާ ވެސް ގުޅޭ، ފޭނުން އޭނާއަށް ސަޕޯޓު ކުރުމުގެ ގޮތުން ކުރާ ކަންކަން ބަލައިގަންނަ މީހެއް ކަމުގައި ވިޔަސް، މިފަހަރު މީހަކު އެކުރި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ވިރާޓް ބުނީ އޭނާގެ ކޮޓަރި ތެރެއަށް އެގޮތަށް ހުއްދަ ނެތި ނުދަންނަ މީހުން ވަންނަން ހިތްހަމަ ނުޖެހޭ ކަމަށާއި އެއީ އެއްވެސް މީހަކު ހިތްހަމަ ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އޭނާގެ މިނިވަން ކަމަށް އަރައިގަތުން ކަމަށާއި އެއީ ރީތި އުސޫލެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ވިރާޓްގެ އެ ޕޯސްޓަށް ކޮމެންޓުކޮށް، އެހެން ބައެއް ސެލެބްރިޓީޏް ވެސް ވަނީ އެ އަމަލު ކުށްވެރި ކޮށްފައެވެ. އޭގެ ތެރޭގައި ވިރާޓުގެ އަންހެނުން އަދި ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރްމާ ވެސް ހިމެނެއެވެ. އަނުޝްކާ ބުނީ އެފަދައިން އެހެން މީހުންގެ މިނިވަން ކަމަށް އަރައިގަތުމުގެ ހައްޤެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެއީ އެ ފޭން ކުރި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް