ލުކާކޫއަށް އަނިޔާވެ ކުޅުމާއި ދުރަށް

ޗެލްސީން ލޯނެއްގެ ދަށުން އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫއަށް އަނިވާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. އިންޓަ މިލާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލުކާކ...

31 Oct 2022 | 12:27

ޗެލްސީން ލޯނެއްގެ ދަށުން އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫއަށް އަނިވާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

އިންޓަ މިލާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލުކާކޫއަށް އަނިޔާވީ އިއްޔެ އިންޓަ މިލާނުން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަުގެ ތެރެއިން އޭނާގެ ފައިގެ ފަލަމަސްގަނޑަށް ކަމަށެވެ. އަދި މި އަނިޔާއާއި ގުޅިގެން މިހާރު މެޑިކަލް ޓެސްޓުތަކެއް ވެސް ހަދާފައިވާ ކަމަށާއި މި ޓެސްޓުތަކުން ދައްކާ ގޮތުގައި ލުކާކޫގެ އަނިޔާ މާ ސީރިއަސްނޫކަމަށެވެ. ނަމަވެސް މި އަނިޔާއާއި ގުޅިގެން ހަފްތާއެއްހާ ދުވަސް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް އިންޓަގެ ބަޔާނުގައި ވަނީ ބުނެފައެވެ.

" ލުކާކޫގެ ފަލަމަސް ގަނޑަށް ވަނީ އަނިޔާވެފަ. އޭނާއަށް އަނިޔާވީ އެންމެ ފަހުން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި. މި އަނިޔާއާއި ގުޅިގެން ހެދި މެޑިކަލް ޓެސްޓުތަކުން ދައްކާ ގޮތުގައި އަނިޔާ މާ ސީރިއަސްއެއް ނޫން. ނަމަވެސް ހަފްތާއެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ." އިންޓަގެ ބަޔާނުގައި ބުނެފައިވެއެވެ.

ލުކާކޫއަށް އަނިޔާގެ މައްސަ ކުރިމަތިވެފައިވާއިރު، މިއީ ގާތްގާތުގައި އޭނާއަށް އަނިޔާވި ދެވަނަ ފަހަރެވެ. ލުކާކޫއަށް ފުރަތަމަ އަނިޔާގެ މައްސަލަ ކުރިމަތިވީ ޗެމްޕިއަންސް ލީގުގުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ދެކޮލަށް ކުޅުނު މެޗުގައެވެ. މި އަނިޔާއަށް ފަހު އެނބުރި އައިތާ ގިނަ ދުވަސްތަކެއް ނުވެ މިވަނީ އަނެއްކާ ވެސް އަނިޔާގެ މައްސަލައާއި ކުރިމަތިވެފައެވެ. އަނިޔާއާއި ގުޅިގެން ލުކާކޫއަށް ވަނީ މިހާތަނަށް ހަތް މެޗެއް ގެއްލިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް