ބަޖެޓު 23: ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ބަޖެޓު ކޮށްފިއެވެ. އަންނަ އަހަރަށް ސަރުކާރުގެ ފަރާތުން ކަނޑައަޅަން ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު މިއަދު ރައް...

31 Oct 2022 | 11:25

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ބަޖެޓު ކޮށްފިއެވެ.

އަންނަ އަހަރަށް ސަރުކާރުގެ ފަރާތުން ކަނޑައަޅަން ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

ބަޖެޓުގައި އަންނަ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ކަނޑައަޅާފައި މިވަނީ، އެ އިންތިހާބަށް 120 މިލިއަން ރުފިޔާ ކަނޑައަޅައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން އެ އަދަދު ބަޖެޓު ކުރީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އެ އަދަދު 120 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ލޯކަލް ކައުންސިލްތަކެއްގެ އިންތިހާބު ބޭއްވުމަށް ފަސް ލައްކަ ރުފިޔާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކެއްގެ އިންތިހާބު ބޭއްވުމަށް 1.5 މިލިއަން ރުފިޔާ ވެސް ފިނޭންސް މިނިސްޓްރީން ހިމަނާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް