ސަރަހައްދުތައް ހިމާޔަތް ކުރުމަކީ ވެރިއެއްގެ އެންމެ އަސާސީ ޒިންމާ: ޑރ. ޖަމީލް

ސަރަޙައްދުތައް ހިމާޔަތް ކުރުމަކީ ވެރިއެއްގެ އެންމެ އަސާސީ ޒިންމާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް...

31 Oct 2022 | 10:38

ސަރަޙައްދުތައް ހިމާޔަތް ކުރުމަކީ ވެރިއެއްގެ އެންމެ އަސާސީ ޒިންމާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުންގެ ޓީމުންގެ އެންމެ އިސް ވަކީލުގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގަންވާ ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ، ފޯޅަވަހި/ރާއްޖެ އިން ވަކިކުރުމުގެ މައްސަލައިގައި މިހާރު އުފެދިފައިވާ ކަންބޮޑުވުމަށް އިޝާރާތް ކުރައްވަމުންނެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޓެގް ކުރައްވާ، ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރަޙައްދުތައް ހިމާޔަތް ކުރުމަކީ ވެރިއެއްގެ އެންމެ އަސާސީ ޒިންމާ ކަމަށެވެ.

" ފޯޅަވަހީގެ ސަރަޙައްދު ދޫކޮށްލިއިރު ޤާނޫނީ އެއްވެސް ޙުއްޖަތެއް ރައީސް ޞާލިޙްގެ ސަރުކާރަކަށް ނުދެއްކުނު. މިއީ ވެރިޔަކު އަމިއްލަ މަޞްލަޙަތަށްވީ އެންމެ ބޮޑު ޚިޔާނާތް." ޑރ. ޖަމީލް ވިދާޅުވިއެވެ.

ފޯޅަވަހީގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމް ޔޫތު ވިންގުން އިސްނަގައިގެން ރޭ މާލޭގައި ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ. އެ އިހުތިޖާޖުގެ ބޭނުމަކީ ފޯޅަވަހި މައްސަލައިގައި ޕީޕީއެމް އިން އޮތީ ދިވެހި ރައްޔިތުންނާއެކުގައިކަން ހާމަކޮށްދިނުން ކަމުގައި ވެސް އެ ޕާޓީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް