ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. މި މަޝްރޫއުގެ ދަށުން ވޯރކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމ...

31 Oct 2022 | 08:39

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. މި މަޝްރޫއުގެ ދަށުން ވޯރކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެ ދެ ތަން އެޅުމުގެ އަމަލީ މަަސައްކަތް ފެށީ އިއްޔެ ކަމަށް އެމްޓީސީސީން މައުލުމާތުދެ އެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، އިމާރާތް ކުރެވޭ ވޯރކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް އޭރިއާއަކީ 1461 އަކަ މީޓަރު. އަދި ބިލްޑް އަޕް އޭރިއާއަކީ 1122 އަކަ މީޓަރެވެ.

މި މަސައްކަތް އެމްޓީސީސީ އާިއ ހަވާލު ކުރީ ކުޅުދުއްފުށި ޕޯޓް ލިމިޓެޑުންނެވެ.

މި މަޝްރޫޢުގެ އަގަކީ 26.07 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް