ކުރިއަށް އޮތް 2023 ވަނަ އަހަރަށް 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު ބަޖެޓުގެ ކަންކަން ކުރިއަށްދާނެގޮތް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ.
އެގޮތުން ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓު ކޮމިޓީ އެކުލެވިގެންވަނީ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ހިމެނޭހެން ކަމުގައިވާއިރު ބަޖެޓު ބަހުސް ފަށާނީ ނޮވެމްބަރު އަށެއްގައި ކަމަށެވެ. އަދި ޖެހިގެން އަންނަ ދެ ދުވަހުވެސް ކުރިއަށްދާނެކަމަށެވެ.
އެއަށްފަހު 21 ނޮވެމްބަރުގައި ބަޖެޓު ކޮމިޓީ ރިޕޯޓް ހުށަހަޅާ ބަހުސް އެ ރިޕޯޓަށް ބަހުސް، ނޮވެމްބަރު 21، 22 އަދި 23ގައި ކުރިއަށްދާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ބަޖެޓާ ގުޅޭ ކަންކަން ނޮވެމްބަރު 30 އާއި ހަމައަށް ކުރިއަށްދާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް