ޑްރަގް ކޯޓުގެ ގާޒީ ސަމީރާމެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. މިކަން ހާމަކޮށް ޖޭއެސްސީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި އޮތް...

31 Oct 2022 | 04:47

ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޖޭއެސްސީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުމެއްގައި، އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންގެ ފަރާތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ޤާޟީ މުޙައްމަދު ސަމީރުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅޭގޮތުން ވާހަކަދައްކާފައިވާކަމަށެވެ.

ދިފާޢީ ވަކީލުން ކުށްވެރިކޮށް، އެ ވަކީލުންނާމެދު ޒާތީ ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޤާޟީ މުޙައްމަދު ސަމީރު ޢަމަލުކޮށް، ވާހަކަދައްކާފައިވާކަން ސާބިތުވާތީ، ޤާޟީ މުޙައްމަދު ސަމީރުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫ)ގެ 7 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ)އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.1 ވަނަ ނަންބަރާއި، 2.2 ވަނަ ނަންބަރާއި، 3.1 ވަނަ ނަންބަރާއި، އަދި  4.10 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައިވާކަމަށް ޖޭއެސްސީއިން ބުނެފައިވެއެވެ.

މިގޮތަށް ނިންމީ 2022 އޮކްޓޫބަރު 19 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 73 ވަނަ ޖަލްސާގައިކަމުގައި ޖޭއެސްސީއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް