ސްޕެނިޝް ލީގް: ޖިރޯނާއަތުން ޕޮއިންޓަކުން ފުއްދާލާ، ރެއާލް އަލުން އެއްވަނައަށް

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާއި ދެކޮޅަށް ކުޅުނު މެޗު ޕޮއިންޓަކުން ފުއްދާލާ ލީގުގެ އެއްވަނައަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ. ޖިރޯނާ އަދި ރެއާލް ބައްދަލުޖުރި މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވ...

31 Oct 2022 | 03:44

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާއި ދެކޮޅަށް ކުޅުނު މެޗު ޕޮއިންޓަކުން ފުއްދާލާ ލީގުގެ އެއްވަނައަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ.

ޖިރޯނާ އަދި ރެއާލް ބައްދަލުޖުރި މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. .

ރެއާލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

ރެއާލްއިން ލަނޑު ޖަހާ ލީޑް ނެގީ ވިނީޝިއުސް ޖޫނިއަރ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ 70 ވަނަ މިނެޓުގައެވެ.

ޖިރޯނާއިން ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރީ 80 ވަނަ މިނެޓުގައެވެ. ޖިރޯނާގެ މި ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ޖެހި ލަނޑެކެވެ. ޕެނަލްޓީގައި މި ލަނޑު ޖެހީ ސްޓުއާނީއެވެ. ޖިރޯނާއަށް މި ޕެނަލްޓީ ލިބުނީ ރެއާލްގެ އޭރިޔާ ތެރެއިން އަސެންސިއޯ އަތުގައި ބޯޅަ ޖެހުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް