މުހިއްޔުއްދީން ސްކޫލުގެ ދަރިވަރުންނަށް ފަޔަރ ސޭފްޓީ އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފި

މުހިއްޔުއްދީން ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަޔަރ ސޭފްޓީ އެވެއަރނަސް ޕްރޮގްރާމެއް އިއްޔެ ހިންގައިފިއެވެ. ވިލިމާލޭގައި ޤާއިމްކޮށްފައިވާ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި އިއްޔެ ކުރިއ...

31 Oct 2017 | 10:34

މުހިއްޔުއްދީން ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަޔަރ ސޭފްޓީ އެވެއަރނަސް ޕްރޮގްރާމެއް އިއްޔެ ހިންގައިފިއެވެ.

ވިލިމާލޭގައި ޤާއިމްކޮށްފައިވާ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި އިއްޔެ ކުރިއަށްދިޔަ މި ޕްރޮގްރާމްގައި، މުހިއްޔުއްދީން ސްކޫލުގެ 40 ލިޓްލް މެއިޑުންނާއި، ސްޓަރ ގައި ހަރަކާތްތެރިވާ 20 ދަރިވަރުން ބައިވެރިވިކަމަށާއި، މި ޕްރޮގްރާމްގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އަލިފާނުގެ ހާދިސާއެއް މެދުވެރިވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްތައް ވަނީ ކިޔައިދީފައިކަމަށް ފަޔަރ އެންޑް ރެސްކިޔުއިން ބުނެއެވެ.

މިގޮތުން، އަލިފާނުގެ ހާދިސާއެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ޑްރިލްތައް ދަރިވަރުން ލައްވާ ޢަމަލީގޮތުން ފަރިތަކުރުވާފައިވާއިރު، މީގެ އިތުރުން، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން ވެސް ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައިކަމަށް ފަޔަރ އެންޑް ރެސްކިޔުއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް