ކުޅުދުއްފުށީ ކުޅި ސަރަހައްދަށް އަންހެނަކު ގެއްލިގެން ހޯދަނީ

ކުޅުދުއްފުށީ ކުޅި ސަރަހައްދަށް އަންހެނަކު ގެއްލުމުން އެ އަންހެންމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އުމުރުން 33 އަހަރުގެ...

31 Oct 2017 | 09:26

ކުޅުދުއްފުށީ ކުޅި ސަރަހައްދަށް އަންހެނަކު ގެއްލުމުން އެ އަންހެންމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އުމުރުން 33 އަހަރުގެ އަންހެނަކު ގެއްލިގެން މިއަދު ހެނދުނު 07:00 ހާއިރު ރިޕޯޓް ކުރުމުން އެ އަންހެންމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ އަންހެންމީހާއަކީ ހދ ނޮޅިވަރަން އަންހެނެއް ކަމުގައިވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ހިންގަމުންއ އަންނަ ނޫހެއްކަމުގައިވާ އުތުރުއޮންލައިން ގައި ބުނެފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ހދ ނޮޅިވަރަމް އަކޭލާގޭ އައިމިނަތު ޒީނިޔާ 33 އެވެ.

ގެއްލިގެން އުޅޭ ޒީނިޔާ ގެ ފިރިމީހާ އާއި ހަވަލާދީ އެ ނޫހުގައި ބުނެފައިވަނީ ޒީނިޔާ އަކީ ސިކުނޑީގެ އެއްވެސް މައްސަލައެއް ހުރިކަން ފާހަގަ ކުރެވިފައިވާ މީހެއްނޫން ކަމަށާއި، ގަބޫލުކުރެވޭ ގޮތުގައި ގެއްލިފައިވަނީ އެހެން ކޮންމެވެސް ކަމެއްގައި ކުޅުދުއްފުށީ ކުޅިހިމެނޭ ސަރަހައްދައް ކަމަށެވެ.

" މިއަދު ހެނދުނު ޒީނިޔާ ކުޅުދުއްފުށީ ކުޅިއާ ދިމާލަށް ދިޔަކަން އެނގިގެން  މިދަނީ އެސަރަހައްދު ބަލަމުން ރުޤިޔާ ކުރާމީހަކު ލައްވާ ވެސް މިހާރު ބަލައިފިން އެމީހާވެސް ބުނީ ކުޅި ސަރަހައްދައް ޒީނިޔާ ގޮސްފައިވާކަމަށް" ޒީނިޔާގެ ފިރިމީހާ އެ ނޫހަށް ބުނެފައި ވެ އެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ ޒީނިޔާގެ އާއިލާ މިހާރު ކުޅުދުއްފުށީގައި ދިރިއުޅޭތާ އަހަރެއްހާ ދުވަސް ވެފައިވާއިރު މިއަދުގެ ހެނދުނުވެސް އެނާ ގޭގައި އުޅުނުކަމަށް އާއިލާއިން ބުނާކަމަށާއި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް