ރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލާތާ ކުންފުނި ކަމުގައިވާ އުރީދޫ މޯލްޑިވްސްގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ، ދެވަނަ ކުއާޓަރަށްވުރެ އިތުރުވެ 136 މިލިޔަން ރުފިޔާއަށް އަރައިފި އެވެ.
އެގޮތުން އެ ކުންފުންޏަށް މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 450 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އުރީދޫގެ މާލީ ރިޕޯޓުން ދައްކަ އެވެ. ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 441 މިލިޔަން ރުފިޔާ އެވެ.
އުރީދޫގެ މާލީ ރިޕޯޓްގައިވާގޮތުގައި ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ހަރަދު އުޅެނީ 229.6 މިލިއަން ރުފިޔާ ގަ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރީގެ ފައިދާ އުޅެނީ 160.8 މިލިއަން ރުފިޔާގަ އެވެ. އަދި ތިންވަނަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އުރީދޫގެ ސާފު ފައިދާ އިތުރު ވެފައިވާއިރު މި އަހަރުގެ ތެރޭގައި އުރީދޫން ވަނީ އެ ކުންފުނީގެ ހިއްސާ އާއްމުންނަށް ވިއްކާފަ އެވެ. ހިއްސާ ވިއްކުމަށް ކުރިއަށްގެންދިޔަ އައިޕީއޯއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ކާމިޔާބު އައިޕީއޯ ކަމުގައިވެފައިވާއިރު އެ އައިޕީއޯއިންއިން 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. އެއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ.
އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފައިވާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކާފައިވަނީ 30ރ. އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް