އިތުރަށް ބޮޑުކޮށް ގިނަ ބަދަލުތަކަކާއެކު ވެލިގާ ހާޑްވެއާ 2 އަލުން ހުޅުވައިފި

ޖަނަވަރީ މަގުގައި ހުންނަ "ވެލިގާ ހާޑްވެއާ 2" ފިހާރަ އިތުރަށް ބޮޑުކޮށް ގިނަ ބަދަލުތަކަކާއެކު އަލުން ހުޅުވައިފި އެވެ. 2008 ވަނަ އަހަރު ފެށިގެން ހިދުމަތްދެމުން އަންނަ ވެލިގާ ހާޑްވެއާގެ 2 ވަނަ ފިހާރަ އާން...

31 Oct 2017 | 05:17

ޖަނަވަރީ މަގުގައި ހުންނަ "ވެލިގާ ހާޑްވެއާ 2" ފިހާރަ އިތުރަށް ބޮޑުކޮށް ގިނަ ބަދަލުތަކަކާއެކު އަލުން ހުޅުވައިފި އެވެ.

2008 ވަނަ އަހަރު ފެށިގެން ހިދުމަތްދެމުން އަންނަ ވެލިގާ ހާޑްވެއާގެ 2 ވަނަ ފިހާރަ އާންމުނަށް ފުރަތަމަ ހިދުމަތްދޭން ފަށައިފައިވަނީ 2010ވަނަ އަހަރުގެ، މެއި 14 ވަނަ ދުވަހުއެވެ.

އަލުން މަރާމާތުކުރުމަށް ފަހު ވެލިގާ 2 ހުޅުވިފައިވާ އިރު ފިހާރަ ވަނީ އިތުރަށް ބޮޑު ކުރެވި، އާންމުނަށް ފަސޭހަކަމާއި އެކު ވިޔަފާރި ކުރެވޭ ފަދަ ގޮތަކަށް ޑިޒައިން ކުރެވިފައެވެ.

ވެލިގާ ހާޑްވެއާ 2 ،ޖަނަވަރީމަގު ފިހާރައަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި މިވަނީ އާންމުނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ފަސޭހަ ކަމާއިއެކު ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް ކަސްޓަމަރުން ބޭނުންވާ އުފެއްދުންތަށް ލިބޭނެ ގޮތް މަގުފަހިކޮއްދިނުމަށް ކަމަށާއި އަދި ޖަނަވަރީ މަގު ސަރަހައްދަކީ ބާރުބޮޑު ސަރަހައްދަކަށް ވުމާއެކު، ކަސްޓަމަރުން ބޭނުންވާ މުދާ ވީހާވެސް އަވަހަށް ފޯރުކޮއްދިނުމަށެވެ. މި ގެނެވުނު ބަދަލުތަކާއެކު ވެލިގާ ހާޑްވެއާއިން ފަހުން ހުޅުވާފައިވާ ޝޯރޫމްތަކާއި އެއް ފެންވަރަކަށް ޖަނަވަރީ މަގުގެ ޝޯރޫމް ބަދަލުކޮށް، އެތަންތަނާއި އެއް ފެންވަރެއްގެ ހިދުމަތެއް ލިބޭނޭކަމުގައި ވެލިގާ ހާޑްވެއާއިން ހާމަކުރެ އެވެ.

"ވެލިގާ ހާޑްވެއާއިން މިހާރު ދަނީ މާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް 5 ފިހާރައެއް ހުޅުވާ އާންމުނަށް ކޮލިޓީ، އިތުބާރު އުފެއްދުން ތަކެއް ފޯރުކޮއްދެމުންނެވެ. ދުނިޔޭގައި މަޝްހޫރު އެތަށް ބްރޭންޑްތަކެއް ރާއްޖެ އެތެރަމުން އަންނަ ވެލިގާ ހާޑްވެއާއިން ވަނީ ދާދި ފަހުން ދުނިޔެއަށް މަޝްހޫރު ޕަވާޓޫލް ބްރޭންޑެއްކަމަށްވާ މެޓާބޯގެ އުފެއްދުންތަށްވެސް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮއްދޭންފަށާފައެވެ. އަދި ހަމަ މިއާއެކު މޭޓާބޯގެ އުފެއްދުންތަކަށް ދިމާވާ އެންމެހާ މައްސަލަތައް ހައްލު ކޮއްދިނުމަށް ސާރވިސް ސެންޓަރެއް ވެސް ވަނީ ހުޅުވައިފައެވެ." ވެލިގާ ހާޑްވެއާއިން ބުނެ އެވެ.

ވެލިގާ ހާޑްވެއާގެ ހިދުމަތުގެ 10އަހަރު 2018 އަށް ހަމަވާއިރު، މިއަދު ވެލިގާ ހާޑްވެއާއަކީ މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ އަދި ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގެ އެންމެ މަތީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް