ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ފުރާ ވަޑައިގަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ރޭ އިންޑިއާއަށް ފުރާ ވަޑައިގަންނަވައިފިއެވެ. ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ފުރާ ވަޑައިގަންވާފައި ވަނީ އޮކްޓޯބަރު މ...

31 Oct 2017 | 04:54

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ރޭ އިންޑިއާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ފުރާ ވަޑައިގަންވާފައި ވަނީ އޮކްޓޯބަރު މަހުގެ 31 އިން ނޮވެންބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް މިސަރަހައްދުގެ ކަނޑުމަތީގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން އިންޑިއާގައި ބާއްވާ ފޯރަމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. މި ފޯރަމްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ތަޤްރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ޗީފް އޮފް ޑިފެންސް ފޯސް މި ފޯރަމްގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރު މަހުގެ ދެ ވަނަ ދުވަހުގައެވެ.

"ގޯވާ މެރިޓައިމް ކޮންކްލޭވް" ނަމުގައި އިންޑިއާގެ ގޯވާގައި ބާއްވާ މި ފޯރަމްގައި މިސަރަހައްދުގެ 10 ޤައުމަކުން ބައިވެރި ވެއެވެ. މިފޯރަމްގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ދިވެހިރާއްޖެ، ތައިލެންޑް، ސިންގައްޕޯ، މެލޭޝިއާ، އިންޑޮނޭޝިއާ، ސްރީލަންކާ، ސީޝެލް، މިޔަންމާ، އަދި ބަންގްލަދޭޝް ހިމެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް