އަލްބާޓް އެއިންސްޓެއިންއަކީ ސައިންސް ދާއިރާގައި ދުނިޔެ މިހާތަނަށް ދުތް އެންމެ މޮޅު އެއް އިލްމުވެރިޔާއެވެ. އެއިންސްޓެއިން މައްޝޫރުވެފައިވަނީ އޭނަގެ ސައިންސްގެ ދާއިރާއިން ހޯދި ހޯދުން ތަކަށެވެ. އެހެން ނަމަވެސް ދާދި ފަހުން 1.5 މިލިޔަން ޑޮލަރަށް ވިކިގެން ގޮސްފައިވަނީ އެއިންސްޓެއިންގެ ސައިންސްގެ ހޯދުންތަކުގެ ލިޔުމެއް ނޫނެވެ. އެއީ އުފާވެރި އަދި ކާމިޔާބު ދިރިއުޅުމެއް ހޯދުމާ ގުޅޭ ގޮތުން އެއިންސްޓެއިން ޖަޕާންގެ ރައްޔިޔަކަށް ހަދިޔާކުރި ނަސޭހަތުގެ ދެ ލިޔުން ކޮޅެކެވެ.
ފުރަތަަމަ ލިޔުން ކޮޅުގައި އެއިންސްޓެއިން ބުނެފައިވަނީ މަޑުމޮޅި އަދި މެދުމިނުގެ ދިރިއުޅުމެއް، އަބަދުވެސް ހަމަޖެހުން ގެއްލޭގޮތަށް ކާމިޔާބު ހޯދަން މަސައްކަތްކުރާ ދިރުއުޅުމަކަށްުވުރެ މާ އުފާވެރިވާނެކަމަށެވެ. މިއީ މިއަދުގެ ޒުވާނުން ދެކޭ ގޮތާ ވަރަށް ހިލާފު ބުނެމެކެވެ. ސަބަބަކީ މިއަދު ޒުވާނުންނަށް ބެލެވިފައި އޮންނަނީ އުފާވެރި ދިރިއުޅުމެއް ލިބެން އޮންނަނަނީ ގަދައަޅައި ކާމިޔާބު ހޯދަން މަސައްކަތްކޮށްގެން ކަމުގައެވެ.
ދެވަނަ ލިޔުންކޮޅުގައި އެއިންސްޓެއިން ބުނެފައިވަނީ އަޒުމެއް އޮތިއްޔާ ގޮތެއްވެސް އޮންނާނެކަމުގައެވެ. މިއީ އާ ބުނުމެއް ނޫނެވެ. އެހެން ނަމަވެސް ދިރިއުޅުމުގައި ކަމެއް ކާމިޔާބުކުރަން ބޭނުންވާ މީހުންނަށް ނިކަން އަގު ހުރި ބަސްކޮޅެކެވެ.
މިދެ ލިޔުންކޮޅަކީވެސް އެއިންސްޓެއިން ޖަޕާންގެ ޓޯކިޔޯއަށް 1922 ވަނަ އަހަރު ކުރި ދަތުރެއްގައި އޭނައަށް ހަބަރެއް ގެނެސްދިން މީހަކަށް ބަދަލެއްގެ ގޮތުގައި ދިން ނަސޭހަތުގެ ދެ ބަސްކޮޅެކެވެ. މި ދެ ލިޔުންކޮޅު ހަވާލު ކުރަމުން އޭގެ އަގު ފަހުން މާ ބޮޑު ވެދާނެކަމަށް އެއިންސްޓެއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް