ކެއްކުމުގެ ބައިނަލްއަޤުވާމީ މުބާރާތަކުން 2 ދިވެހިން ފަޚުރުވެރި 1 ވަނަ ހޯދައިފި

ސީޝެލްސްގައި ބޭއްވި ބައިނަލްއަޤުވާމީ ކެއްކުމުގެ މުބާރާތަކުން ދެ ދިވެހިން ފަޚުރުވެރި 1ވަނަ ހޯދައިފިއެވެ. ވެޑިންގ ކޭކު އެޅުމުގެ ކެޓަގަރީން 1 ވަަނަ ހޯދާފައިވަނީ ހ. ވަޅުފެހިގެ، ޖޫދީ ޚާލިދާއި ގ. ޖަނަވަރީމާ...

31 Oct 2015 | 08:53

ސީޝެލްސްގައި ބޭއްވި ބައިނަލްއަޤުވާމީ ކެއްކުމުގެ މުބާރާތަކުން ދެ ދިވެހިން ފަޚުރުވެރި 1ވަނަ ހޯދައިފިއެވެ.

ވެޑިންގ ކޭކު އެޅުމުގެ ކެޓަގަރީން 1 ވަަނަ ހޯދާފައިވަނީ ހ. ވަޅުފެހިގެ، ޖޫދީ ޚާލިދާއި ގ. ޖަނަވަރީމާގެ، ޢަބްދުއްރަޝީދު ޢަބްދުﷲއެވެ.

ޢުމުރުން 50 އަހަރުގެ ޢަބްދުއްރަޝީދަށް އަމިއްލަގޮތުން އޭނާއަށް ލިބުނު ފުރުޞަތެއްގައި ވާދަކޮށް 1 ވަނަ ހޯދާފައިވަނީ ކޭކުގެ އެއްބައި ރާއްޖޭގައި ހަދައިގެން ގެންގޮސް އަނެއްބައި ޖަޖުންގެ ކުރިމަތީގައި ފުރިހަމަ ކޮއްގެންނެވެ.

މި މަހުގެ 23ން 26އަށް ބޭއްވި މި މުބާރާތުގައި ބައިވެރިވެ 1 ވަނަ ލިބުމުން ޢުމުރުން 45 އަހަރުގެ ޖޫދީ ބުނީ ރާއްޖެއަށް މެޑަލްއެއް ހޯދައިދެވުމުން ވަރަށް އުފާވާ ކަމަށެވެ.

ރާއްޖޭގެ އިތުރުން އެ މުބާރާތުގައި ބައިވެރިވެފައިވަނީ ސީޝެލްސް އާއި ފްރާންސް އާއި އަޔަލެންޑްސް އާއި އިންޑިއާ އަދި ސްރީލަންކާ އެވެ.

ބައިނަލްއަޤުވާމީ ކެއްކުމުގެ މުބާރާތްތަކުން ދިވެހިން ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ އިރު،  މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވި ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ފެއާރގައި ޤައުމީ ޔުނިވަރސިޓީގެ އަންހެން ދަރިވަރަކުރަން މެޑަލް ހޯދާފައިވާކަންވެސް ފާހަގަ ކޮއްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް