ދެންވާދަކުރާނީ ލީގު ޗެމްޕިއަންކަމަށް: ޓީސީ ސްޕޯރޓްސް

ދެން ވާދަ ކުރަނީ އުރީދޫ ދިވެހި ޕްރިމިއަރ ލީގް ޗެމްޕިއަން ހޯދުމަށް ކަމަށް ޓީސީ ސްޕޯރޓްސްގެ ކޯޗް މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ. ނިޒާމްބެ ބުނީ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީސީއިން މިސ...

31 Oct 2015 | 07:36

ދެން ވާދަ ކުރަނީ އުރީދޫ ދިވެހި ޕްރިމިއަރ ލީގް ޗެމްޕިއަން ހޯދުމަށް ކަމަށް ޓީސީ ސްޕޯރޓްސްގެ ކޯޗް މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ނިޒާމްބެ ބުނީ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީސީއިން މިސީޒަނަށް ކަނޑައެޅި ޓާރގެޓް ހާސިލުވެއްޖެ ކަމަށާއި ދެން ފެންނާނީ މުޅިން ތަފާތު ޓީސީއެއް ކަމަށެވެ.

އަދި ޓީސީ މިހާރު ހޯދަމުންދާ ޕޮއިންޓް ތަކަކީ 'ބޯނަސް ޕޮއިންޓުތައް ކަމަށާއި މިސީޒަނަށް ޓީސީއިން ކަނޑައަޅާފައިވާ ޓާރގެޓަކީ ގަދަ6 ޓީމުގެ ތެރޭގައި ހިމެނުމަށް ކަމަށެވެ.

ބޮޑެތި ޓީމްތައްވެސް ޓީސީއާ ދެކޮޅަށް ކުޅޭއިރު، ޓީސީ ސީރިއަސްކޮށް ނަގައިގެން ކުޅޭތީ އެކަމަށް އުފާވާ ކަމަށާއި އެއި ޓީސީގެ އިތުރުން ދިވެހި ފުޓްބޯޅައަށްވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ނިޒާމްބެ ބުންޏެވެ.

އިއްޔެ ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމުމުން ތާވަލުގެ ދެ ވަނައިގައި ޓީސީ އޮތީ 18 ޕޮއިންޓް ލިބިގެންނެވެ. އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ.

ލީގްގައި ޓީސީ ދެން ކުޅެން ޖެހޭ މެޗުގައި މިއަންނަ އަންގާރަ ދުވަހުގެ ރޭ ނުކުންނާނީ މަހިބަދޫއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް