ކުންފުނިން ފައިސާ ހުހެއްނުވޭ: މިފްކޯ

ކުންފުނިން ފައިސާ ހުސްނުވާ ކަމަށާއި މިއީ ވިޔަފާރި ކުންފުންޏަކަށްވާތީ ފައިސާ ހުސްނުވާނެ ކަމަށް މިފްކޯއިން ބުނެފިއެވެ. އެ ކުންފުނީގެ ބަޖެޓް ހުސްވެގެން އުޅޭކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކައާ ގުޅޭ ގޮތ...

31 Oct 2015 | 07:21

ކުންފުނިން ފައިސާ ހުސްނުވާ ކަމަށާއި މިއީ ވިޔަފާރި ކުންފުންޏަކަށްވާތީ ފައިސާ ހުސްނުވާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

އެ ކުންފުނީގެ ބަޖެޓް ހުސްވެގެން އުޅޭކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކައާ ގުޅޭ ގޮތުން މިފްކޯއިން ބުނެފައިވަނީ މަސްވެރިން މަހަށް ފުރުވުމަކީ ސަރުކާރުގެ ޕޮލިސީއެއް ކަމަށާއި އެގޮތުގެ މަތިން މަސްވެރިން އަތުން އެ ކުންފުނިން މަސް ގަންނަމުން ދަނީ ވެސް ދުނިޔޭގެ ބާޒާރުގައި އާންމުކޮށް މަސް ވިއްކާ އަގަށްވުރެ ބޮޑުކޮށް ކަމަށެވެ.

އެގޮތަށް ބޮޑުއަގުގައި މަސްގަންނަން ޖެހުމުން ކުންފުންޏަށް ގެއްލުންތަކެއްވެސް ކުރިމަތިވާ ކަމަށާއި އެކި ގޮތްގޮތުން ދަތިތަކާ ކުރިމަތިވުމާއި ލިބެން ޖެހޭ ބައެއް ބިލުފަދަ ތަކެތި ނުލިބުމުން މަސްވެރިންނަށް ފައިސާ ދިނުން ލަސްވެގެން ދިޔަ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެކުންފުނިން އިތުރަށް ބުނީ ދުނިޔޭގެ ބާޒާރުގައިވެސް ވޭތިވެ ދިޔަ 5 ވަރަކަށް އަހަރު މަހުގެ އަގު ދަށަށް ނުދާވަރަށް މި ދުވަސްވަރު ދަށަށް ގޮސްފައި ހުރީމަ އެކުންފުނީގެ ކޭޝްފްލޯގެ މައްސަލަތަކެއް މި ކުރިމަތިވި ކަމަށެވެ.

އެހެން ނަމަވެސް މާދަމާ އެ ފައިސާތައް ދޫކުރާނެ ކަމުގެ ޔަޤީންކަން މިފްކޯއިން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް