ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާއިން ވަން ފަހުން ރަޝިޔާގެ ލަޝްކަރުން މިހާތަނަށް ދީފައިވާ 1400 ހަމަލާގައި، ޓެރަރިސްޓުން އުޅޭ 1600 އަށްވުރެ ގިނަ ތަންތަން ނައްތާލެވިފައިވާކަމަށް ރަޝިޔާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ރަޝިޔާއިން ސީރިޔާގައި ހިންގަމުންދާ އޮޕްރޭޝަނާ ބެހޭގޮތުން މައުލޫމާތު ދެމުން ރަޝިޔާގެ ކާނަލް ޖެނެރަލް އެންޑްރޭ ކާރޓަޕޮލޮވް ބުނެފައިވަނީ ނައްތާލެވުނު ތަންތާނގެ ތެރޭގައި ހިމެނެނީ 249 ކޮމާންޑް ޕޯސްޓާއި، 51 އަޝްކަރީ ތަމްރީނު މަރުކަޒާއި، 131 ތެޔޮ އަދި ހަތިޔާރު ގުދަނުގެ އިތުރުން 786 ފީލްޑް ޕޯސްޓްކަމަށެވެ.
މީގެ އިތުރުން ރަޝިޔާއިން ނެރެފައިވާ އަޝްކަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރަޝިޔާގެ ވައިގެ ހަމަލާތަކުގެ އެހީގައި ސީރިޔާގެ ލަޝްކަރުން ޓެރަރިސްޓުންގެ އަތުން 50 އަވަށެއް މިނިވަންކޮށްފައިވެއެވެ. އަދި ނުރައްކާތެރި 28 ޓެރަރިސްޓް ލީޑަރެއް މަރާލެވިފައިވާކަމަށް ވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް