ކަރަންކާމަގުގެ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޭގެ ވަގުތެއްގައި އަލިފާން ރޯކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑިއުޓީގައި އުޅުނު ފުލުހުންތަކަށް ސައިކަލުތަކެއްގައި ރޯކޮށްލާފައި ހުއްޓާ ފެނުނީ ރޭ ދަންވަރު 2:35 ހާއިރު ކަމަށެވެ އެ އަލިފާންގަނޑު ކޮންޓްރޯލް ކުރި އިރު ހަ ސައިކަލަށް ގެއްލުން ވެފައިވާއިރު ތިން ސައިކަލެއް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހަ ސައިކަލެއްގައި އަލިފާން ރޯކޮށްލާފައިވާއިރު މިހާރު ތިން ސައިކަލެއް ފުލުހުން ވަނީ އެ ސަރަހައްދުން ނަގާފަ އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް