އުތުރާއި މެދުރާއްޖެއަށް ވައިޓް އެލާޓް ނެރެފި

އުތުރާއި މެދުރާއްޖެއަށް ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތި މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ސަރަޙައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މިއަދު ހެނދުނު 6:30ގައި ނެރުނު އެލާޓްގ...

31 Oct 2015 | 03:39

އުތުރާއި މެދުރާއްޖެއަށް ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތި މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ސަރަޙައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މިއަދު ހެނދުނު 6:30ގައި ނެރުނު އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މިއަދު މެންދުރު 13:00 އަށް، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މި ސަރަހައްދުތަކަށް ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް