ކ.ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅަކަށް ދަތުރު ގޮސްއުޅުނު މ.އަސަރީހަނދާން، ތަސްލީމް މުޙައްމަދު ( 43އ) ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ވަނީ ފަށާފައެވެ.
އެގޮތުން އެމްއެންޑީއެފްގެް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ އެމީހާ ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެގޮތުން އޮގަސްޓް 29 ވަނަ ދުވަހު ދަތުރު ދިޔަފަހުން އެމީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެމްއެންޑީއެފްއަށް ދިނުމާއެކު އޭނާ ހޯދުމަށް ފުލުހުން ކުރިއަށްގެންދަވާ އޮޕަރޭޝަންގައި އެ މީހާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ވަނީ ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެެވެ.
އެހެން ނަމަވެސް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އެ މީހާ ގެއްލިފައިވަނީ މޫދަށްކަން އެމްއެންޑީއެފްއަށް ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރައްވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށް އެމްއެންޑީއެފުން ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް އަދި ފުލުހުން ފަރާތުން ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް