ޤަވައިދާ ޚިލާފަށް މަގުމަތީގައި ޕިިކަޕު ދޮވުމުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް ފިޔަވަޅު އަޅައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މ.ޝަހީދުއަލީ ހިނގުމުގައި ޕިކަޕު ބާއްވާއިގެން ޤަވާއިދާއި ހިލާފަށް މަގުމަތީގައި ޕިކަޕު ދޮވުމުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީ އަކާއި ދޭތެރޭ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުން ގެންދާ ބިދޭސީން ހޯދާއި އެމީހުންނަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ވެސް ދަނީ އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުންވެސް ދަނީ މިފަދަ ބިދޭސީން ހޯދާއި އެމީހުންނަށް ފިޔަވަޅު އަޅަމުންނެވެ.
އިމިގްރޭޝަނުން ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަނުން ވަނީ ގިނަ އަދަދެއްގެ ބިދޭސީން ހޯދާއި، އެމީހުންނަށް ފިޔަވަޅުތައް އަޅާފައެވެ. އެ އޮޕަރޭޝަން އިތުރަށް ފުޅާކޮށް ރަށްރަށުގައިވެސް ޤަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް