މާލޭގައި އަންހެނަކު ރަހީނުކުރި ށ.މިލަންދޫ އާދަމް އަތުހަރު (ު32އ) ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އަތުހަރުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ހުށަހަޅާފައިވަނީ އަތުހަރުގެ ޣައިރު ހާޒިރުގައެވެ. އެހެން ނަމަވެސް އޭނާގެ ހާލު މިހާރު ރަގަނޅުކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އޭނާގެ މެޑިކަލް ޓެސްޓުތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާ އިރު ޓެސްޓުތައް ނޯމަލް ކަމަށެވެ.
އޭނާއަށް އަނިޔާވެފައިވަނީ އޭނާ ރަހީނު ކޮށްފައިވާ އަންހެން ކުއްޖާ ސަލާމަތް ކުރުމަށް ފުލުހުން އޭނާގެ ބޮލުގައި މުގުރުމް ޖެހުމުންނެވެ. އޭނާ ހައްޔަރުކުރުމަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ހޮޑުލާތީ ވަނީ އައިޖީއެމްއެޗްގައިވެސް ފަރުވާ ދީފައެވެ.
އަތުހަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ހާލު ވެސް ސްޓޭބަލް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް