މާލޭގައި އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅިޖެއްސި ށ.މިލަންދޫ، އާދަމް އަތުހަރު،(32އ) އަށް ފިޓް ޖެހިގެން އައިސީޔޫގައި ފަރުވާ ދޭ ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގު ކޮށްފިއެވެ.
ފުލުހުން ބުނީ، އަތުހަރަށް ފަރުވާ ދިނުމަށް އެއްވެސް ޑޮކްޓަރަކު ލަފާ ދީފައިނުވާ ކަމަށާއި، ފިޓް ޖެހުނު ކަން ޑޮކްޓަރުގެ އެއްވެސް ލިޔުމަކުން އިނގެން ނެތް ކަމަށެވެ. އެެހެން ނަމަވެސް އާއިލާއަާއި ހަވާލާދީ ބައެއް މީޑިއާ ތަކުން ބުނީ އޭނާއަށް ފިޓް ޖެހި އައިސީޔޫގައި ފަރުވާ ދިން ކަމަށެވެ.
ފުލުހުން އެކަމާ ގުޅިގެން އިތުރަށް ބުނީ އަތުހަރު ވަނީ ނާރުގެ ޑޮކްޓަރަކަށާއި ސައިކޭޓްރިސްޓަކަށް ދައްކާފައިކަމަށެވެ. އަދި މައްސަލައެއް އުޅޭ ކަން ޑޮކްޓަރުންނަށް ފާހަގަވެފައި ނުވާ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް ފަހު ހެދި ސީޓީ ސްކޭނާއި މެޑިކަލް ޓެސްޓުތަކުން ވެސް އޭނާގެ ހާލު ރަގަނޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަތުހަރު ހައްޔަރު ކުރެވުނު ރޭ އޭޑީކޭގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭގެ ފަހުން ވަނީ އޭނާ ހޮޑުލާތީ އައިޖީއެމްއެޗްގައި ފަރުވާ ދީފައެވެ. އެހެން ނަމަވެސް އޭނާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް