ދަތުރުދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

ކ. ހުވަފެންފުށީ ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަށް އިއްޔެ ދަތުރު ދިޔަ ބައެއްގެ ތެރެއިން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ކ. ހުވަފ...

31 Aug 2024 | 09:14

ކ. ހުވަފެންފުށީ ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަށް އިއްޔެ ދަތުރު ދިޔަ ބައެއްގެ ތެރެއިން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ.

" އޭނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި / ހުކުރު) ދުވަހު މި ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް