ގެއްލުނު ޑިންގީ ކޯސްޓްގާޑުން ހޯދައިފި

ޅ.ނައިފަރުން ފުރައިގެން ރ.އުނގޫފާރަށް ދަތުރުކުރަމުންދިޔަ ޑިންގީއެއްގެ ޚަބަރެއް ނުވެގެން، ޑިންގީ ހޯދުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ކުރި މަސައްކަތުން ޑިންގ...

31 Aug 2023 | 15:56

ޅ.ނައިފަރުން ފުރައިގެން ރ.އުނގޫފާރަށް ދަތުރުކުރަމުންދިޔަ ޑިންގީއެއްގެ ޚަބަރެއް ނުވެގެން، ޑިންގީ ހޯދުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ކުރި މަސައްކަތުން ޑިންގީ ހޯދައިފިއެވެ.

އެމްއެންޑީއެފް އިން ބުނާގޮތުގައި މި ޑިންގީގެ އިންޖީނު ހުއްޓި އޮޔާގޮސް ގެއްލިފައިވާ ކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 11:00 ހާއިރުއެވެ.

އެގޮތުން މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑުންގެ އުޅަނދެއް އެ ޑިންގީ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު 12:50 ހާއިރު، އުނގޫފާރުގެ އިރުދެކުނުން 12 ނޯޓިކަލް މޭލު ބޭރުން ފެނިފައިވާ ކަމަށް އެމްއެންޑީއެފް ބުނެފައިވެއެވެ.

އަދި މި ޑިންގީ ފެނުނުއިރު، ޑިންގީން ދަތުރުކުރި ހަތަރު ފިރިހެނުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ވަނި ހާމަކޮށްފައެވެ.

މި ޑީންގީ ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ބެލުމުގެ ދަށުން، ވެރިފަރާތުން ގެނައި ލޯންޗެއްގެ ކަފުޖަހައިގެން މިއަދު 15:15 ހާއިރު ރ.އުނގޫފާރަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް