ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެންމެ ވާދަވެރި ދެ ކެނޑިޑޭޓުން ކަމުގައިރާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ޅ. އަތޮޅުގައި ކެމްޕޭނު ކުރައްވާނެއެވެ.
ރައީސް ސޯލިހު ވަނީ މިއަދު ހެނދުނު އއ. ހިމަންދޫއަށް ވަޑައިގެންނެވުމަށްފަހު ޅ. އަތޮޅަށް ވަޑައިގަންނަވާފައެވެ. އެ އަތޮޅުން ރައީސް ފުރަތަމަ ވަޑައިގެންނެވީ ކުރެންދޫގައެވެ. އަދި މިއަދު ހިންނަވަރާއި ނައިފަރުގެ އިތުރުން އޮޅުވެލިފުއްޓަށްވެސް ވަޑައިގަންނަވާނެއވެ.
ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑާއިގަންނަވާނީ މިރޭގެ ވަގުތެއްގައެވެ.
ޑރ. މުއިއްޒުވެސް މިއަދު ދަތުރު ކުރެއްވީ ޅ. އަތޮޅަށެވެ. އެމަނިކުފާނުވެސް ފުރަތަމަ ވަޑާއިގެންނެވީ ކުރެންދޫއަށެވެ. އެއަށްފަހު ހިންނަވަރާއި ނައިފަރަށް ވަޑައިގަންނަވާ، މިގޭ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ނައިފަރުގައެވެ. އަދި މާލެ ވަޑާއިގަންނަވާނީ މާދަމާ މެންދުރު ކުރީގެ ވަގުތެއްގައެވެ.
މާދަމާ މުއިއްޒު ވަޑައިގަންނަވާނީ ލ.އަތޮޅަށެވެ.
މާދަމާ ފޮނަދޫއަށް ވަޑައިގަންންވާ، މާދަމާރޭގެ ޖަލްސާ އޮންނާނީ ފޮނަދޫގައެވެ.
ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް ހަފްތާއަކަށް ވެފައި ވާއިރު، ހުރިހާ ޕާޓީތަކުގެ ކެނޑިޑޭޓުން ދަނީ ފޯރިޔާއެކު ރަށްރަށުގައި ކެމްޕޭން ކުރަމުންނެވެ. އަމިއްލަ ގޮތުން ވާދަ ކުރައްވާ ތިން ކެނޑިޑޭޓުންގެ ތެރެއިން ރަށްރަށަށް ވަޑާއިގަންނަވަނީ ފާރިސް މައުމޫނެވެ. އުމަރު ނަސީރާއި ހަސަން ޒަމީލް ކެމްޕޭން ކުރައްވަނީ މާލޭގައާއި އޮންލައިންކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް