މާލޭގެ ހޮޓަލެއްގައި ލާދީނީ ހަރަކާތެއް އިޝްތިހާރު ކުރާ މައްސަލަ ފުލުހަށް

މާލޭގެ ހޮޓަލެއްގައި ލާދީނީ ހަރަކާތެއް އިޝްތިހާރު ކުރާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެލީ ވިދާޅުވީ، މާލޭގެ ހޮޓަލެ...

31 Aug 2023 | 09:44

މާލޭގެ ހޮޓަލެއްގައި ލާދީނީ ހަރަކާތެއް އިޝްތިހާރު ކުރާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެލީ ވިދާޅުވީ، މާލޭގެ ހޮޓަލެއްގައި "ސްޕިރިޓުއަލް ހީލަރ" އެއްގެ ނަމުގައި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުނިމާ ގްރޭންޑް ހޮޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އުނިމާ ގްރޭންޑަށް ޑައިރެކްޓް ބުކިންގް ހަދައިގެން ޗެކިން ވި އިންޑިޔާގެ ފާސްޕޯޓް ގެންގުޅޭ ދެ މީހަކު، އެ ހޮޓަލުގެ އުސޫލާ ހިލާފު ވުމުގެ ސަބަބުން ޗެކްއައުޓް ކޮށްފައިވާ ކަމަށެވެ.

އަދި އެމީހުން ފޭސްބުކް މެދުވެރިކޮށް ޖަހާފައިވާ އިޝްތިހާރަކީ އެސްވެސް ސިފައެއްގައި އެ ގެސްޓްހައުސްއަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް އުނިމާގެ ނޫސްބަޔާކުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް