އުރީދީ އިން ކްލަބް ޕްރިމިއަރ މެމްބަރުންނަށް 5 އިންސައްތަ އާއި ހަމައަށް ކޭޝްބެކް ލިބޭ ޚާއްސަ އޮފަރއެއް!

އުރީދޫ ކްލަބް ޕްރީމިއަރ ކަސްޓަމަރުންނަށް ޚާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަރއެއް އިއުލާންކޮށްފިއެވެ. މި އޮފަރގެ ދަށުން، އެމް.ފައިސާ މެދުވެރިކޮށް ބިލްތައް ދައްކަވާ ފަރާތްތަކަށް އަދި ވިޔަފާރި ކުރައްވާ ފަރ...

31 Aug 2022 | 16:47

އުރީދޫ ކްލަބް ޕްރީމިއަރ ކަސްޓަމަރުންނަށް ޚާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަރއެއް އިއުލާންކޮށްފިއެވެ.

މި އޮފަރގެ ދަށުން، އެމް.ފައިސާ މެދުވެރިކޮށް ބިލްތައް ދައްކަވާ ފަރާތްތަކަށް އަދި ވިޔަފާރި ކުރައްވާ ފަރާތްތަކަށް، އަދަދުގެ %5 އާއި ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެއެވެ.

މިއަދު މި ތައާރަފް ކުރެވުނު ހާއްސަ އޮފަރ އާއި އެކު އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭޝްބެކް ލިބިވަޑައިގަންނަވާނެއެވެ.

ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ސްކޫލް ފީ، ކައްކާ ގޭހައް އޯޑަރކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށްވެސް ކޭޝްބެކް އޮފަރ ގެ އުފާ ލިބިގެންދާނެއެވެ.

މި ޕްލެޓްފޯމްގައި ޔޫޓިލިޓީ ޕޭމަންޓް އޮޕްޝަންތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް އަދި އަމާނާ ތަކަފުލް ހިމެނެއެވެ. އަދި ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް ހިމެނެއެވެ.

މީގެ އިތުރުން މިނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އެކު އެމް-ފައިސާ އިން ވަނީ ޕާޓްނަރ ވެ، އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފައެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓް ވިކަމުގެ އެސްއެމްއެސް އެއް ލިބޭނެއެވެ. ސުޕަރނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ މިހާރުގެ އަދި އާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރގެ ޚާއްސަ އޮފަރތައް ލިބިގެންދާނެއެވެ.

ޕެކޭޖް އަޕްގްރޭޑް ކޮށްލުމަށް https://www.ooredoo.mv/webapps/register/public/ ޒިޔާރަތްކޮށްލައްވާށެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

  1. އުރީދޫ އެޕް ޑައުންލޯޑްކުރައްވާ   http://ore.do/app
  2. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
  3. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  4. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
  5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
  6. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް