ޕޯސްޓުން ގެނައި ފަސް މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.674 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ. މިތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ޕޯސްޓުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެ...

31 Aug 2022 | 14:23

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.674 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

މިތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ޕޯސްޓުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި އެވެ. އެ ޕެކޭޖު ރާއްޖެއަށް ފޮނުވާފައިވަނީ ޖަރުމަނުވިލާތުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ.

އެ ޕެކޭޖުން މަސސްތުވާތަކެތި އަޅާފައި ހުރިކަމަށް ޗަކުއް ކުރެވޭ ދެ ޕެކެޓު ފެނިފައިވެ އެވެ. އޭގެ ތެރެއިން އެއް ޕެކެޓުގައި ހުރި 1087 ގްރާމްގެ ތަކެތި ޕޮސިޓިވްޥެފައިވަނީ ކެޓަމައިން އަށެވެ. އަނެއް ޕެކެޓުގައި ހުރި 587 ގްރާމްގެ ތަކެތި ޕޮސިޓިވްވެފައިވަނީ ކޮކެއިން އަށެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.674 ކިލޯގްރާމް ހުރި ކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށް އަރައެވެ.

މިމައްސަލައިގައި ޝާމިލްވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް