ދިރާގު ހައި ސްޕީޑު އިންޓަނެޓާއި ޓީވީގެ ހިދުމަތް ނޮޅިވަރަންފަރަށް

ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ހދ.ނޮޅިވަރަންފަރުގައި ރަސްމީކޮށް ފަށައިފި އެވެ. އެ ހިދުމަތްތައް ދިރާގުން ފަށާފައި ވަނީ އެ ރަށުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާ...

31 Aug 2022 | 14:16

ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ހދ.ނޮޅިވަރަންފަރުގައި ރަސްމީކޮށް ފަށައިފި އެވެ.

އެ ހިދުމަތްތައް ދިރާގުން ފަށާފައި ވަނީ އެ ރަށުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކާ އެކު އެވެ. އެ އޮފާގެ ދަށުން، ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރު ހިލޭ ދޭނެ އެވެ. އަދި ދިރާގު ޓީވީއަށް އެޕްލައިކުރާ ކަސްޓަމަރުންނަށް އެ ހިދުމަތާއި ޑީކޯޑަރު ވެސް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން ބުނީ ނޮޅިވަރަންފަރުގެ ކަސްޓަމަރުންނަށް ހަލުވި ސްޕީޑާ އެކު ޑޭޓާ އެލަވަންސްގެ ހާއްސަ ޕެކޭޖުތަކެއް ވެސް އޮފާގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ދިރާގުން ބުނީ މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ދިރާގު ފައިބަ އިންޓަނެޓުގެ ހިދުމަތް ތައާރަފު ކުރަމުން އަންނަނީ ދިރާގުގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ހުރިހާ ކަސްޓަމަރުންނަށް ވެސް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް އެ ހިދުމަތް ތައާރަފުކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެ ކުންފުނިން ބުނީ 93 ރަށަކަށް އެ ހިދުމަތް މިހާރު ދޭން ފަށާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް