ގިނަ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ ސާބިތުވެ ބަމްގްލަދޭޝްގެ އަލަމްގީރު ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން ދައުވާ އުފުލީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ޝަރީއަށް ފަށާފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.
ހޯމަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު، އެއަޑު އެހުމުގައި އަލަމްގީރް ވަނީ ކުށަށް އިއުތިރާފު، ވީހައި ވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށް ޝަރީއަތުގައި އެދިފައެވެ.
މިއަދު ބޭއްވި މައްސަލައިގެ ހުކުމުގައި ގާޒީ ވަނީ އޭނާ ކުށަށް އިއުތިރާފުވެފައިވާތީ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.
އަލަމްގީރް ހަތް މަހަށް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، އޭނާ އެދިގެން ޝަރީއަތުން ވަނީ އޭނާއަށް ތައުބާ ވެސް ލައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް