މާލެއިން ފުރައިގެން ނ. ލަންދޫއަށް ދަތުރު ކުރަމުން ދިޔަ ލަންދޫ ބޯޓު ކ. ގާފަރު ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑަށް ހާދިސާގެ ރިޕޯޓު ކުރީ ހެނދުނު10:55 ގައި ކަމަށެވެ. އެ ސަރަހައްދަށް ކޯސްޓު ގާޑު މިހާރު ދަނީ ދަތުރު ކުރަމުންނެވެ.
އެ ބޯޓު ފަރަށް އެރީ ދޯނި ޔިޔަވާން ފަށާފައިވަނިކޮށެވެ.
އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޯޓު ގާފަރު ފަރަށް އެރުމުން ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައްވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އެ ބޯޓު ލަންދޫއަށް ދަތުރު ކުރަމުންދިޔައީ ގިނަ އަދަދެއްގެ މުދަލާއި އެކު އެވެ.
އެކަމަކު ބޯޓު ފަރަށް އެރި އިތުރު ތިބީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް