މިއަދު ކުރިޔަށް ހުރި ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުން ގޯސްވާނެތީ ހއ. އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައިވަނީ މެންދުރު12:00 ން ހަވީރު6:00 އަށެވެ.
އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ވައިޓް އެލާޓު ނެރެނީ މޫސުން ގޯސްވާނެތީ އެކަމަށް ސަމާލުވުމަށް އެންގުމުގެ ގޮތުންނެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށާއި ކަނޑު ދަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް