ހަރުކަށި ފިކުރާ ދެކޮޅަށް ފައުޖެއް އުފައްދަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ހަރުކަށި ފިކުރާއި ދެކޮޅަށް ފައުޖެއް އުފައްދަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. މި ގަރާރު މިއަދުގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. މި...

31 Aug 2022 | 06:03

ހަރުކަށި ފިކުރާއި ދެކޮޅަށް ފައުޖެއް އުފައްދަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު މިއަދުގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.

މި ވޯޓަށް ބަހުސް ކުރަން ފާސްވީ25 މެމްބަރުންގެ ތާއީދާއި އެކު އެވެ.

އޭނާ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ހާއްސަ ފައުޖެއް އުފައްދައި ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ޖެހޭ ކަމަށެވެ. ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ އަދި މީހުން މަރަން ފަސް ނުޖެހޭ 1400 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެފައިވާ ކަމަށެވެ.

މިފަދަ މީހުން ފަރާތުން ސަލާމަތްވުމަށް ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށާއި ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މިސްކިތްތަކާއި ތައުލީމް ދޭ ތަންތަން ބަލަހައްޓަން ފަށަން ޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ތައުލީމް ދިނުމާއި ނަސޭހަތް ދިނުމުގެ ކަންކަން ހިނގަނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވާ މެދުމިނުގެ އިންތިތަކުގެ ތެރޭގައިކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް