ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލައިފި އެވެ.
އައިއޭސީ އަކީ ފަލަސްތީން، ބަންގްލަދޭޝް، ސީރިއާ އަދި ޔަމަން ފަދަ ގައުމުތަކުގައި ތިބި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ކެމްޕެއިން ހިންގާފައިވާ ޖަމިއްޔާއެކެވެ.
އައިއޭސީން ބުނީ އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ސިއްހީ އަދި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ.
އެހީ ދިނުމަށް ވަކި އަދަދެއް ނެތެވެ. އެމީހަކަށް ދެވެން އޮތް މިންވަރެއްގެ ފައިސާ، އެހީގެ ގޮތުގައި ދިނުމަށް އެ ޖަމިއްޔާއިން އެދިފައިވެ އެވެ.
އެހީދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ 7770000062741 އެކައުންޓް ނަމްބަރަށެވެ.
މީގެ ކުރިން އައިއޭސީން ވަނީ ފަލަސްތީނުގެ ގާޒާގެ ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑުމުން ތެޔޮ ފޯރުކޮށްދީ ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފަވެ އެވެ. އަދި ބަންގްލަދޭޝްގައި މިސްކިތެއް އަޅައިދީފަވެ އެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގަ33 މިލިއަން މީހުން ހާލުގައި ޖެހި ޕާކިސްތާނުން1،100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް