މަސައްކަތު މީހާގެ ދުލުން ފާހާނަ ސާފު ކުރުވި ބީޖޭޕީގެ އަންހެން ލީޑަރަކު ހައްޔަރުކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލީޑަރަކު ގޭގައި ގެންގުޅޭ މަސައްކަތު މީހާގެ ދުލުން ފާހާނަ ސާފުކުރުވި މައްސަލައިގަ ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ޖާރްކަންދް ސްޓޭޓްގެ ރިޗީގެ ...

31 Aug 2022 | 04:19

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލީޑަރަކު ގޭގައި ގެންގުޅޭ މަސައްކަތު މީހާގެ ދުލުން ފާހާނަ ސާފުކުރުވި މައްސަލައިގަ ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ޖާރްކަންދް ސްޓޭޓްގެ ރިޗީގެ ބީޖޭޕީ ލީޑަރު ސީމާ ޕަޓްރާ އެވެ. ސީމާގެ ގޭގައި އެ އަންހެން މީހާ މަސައްކަތް ކުރާތާ އަށް އަހަރު ވެއްޖެ އެވެ.

ސުނީތާ ކިޔާ އެ މަސައްކަތު މީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނީ މިދިޔަ އަށް އަހަރު ސީމާ އޭނާއަށް ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށެވެ. އެގޮތުން ހޫނު އެއްޗެހި ޖައްސައި އޭނާ ގައިގެ ތަންތަން ފިއްސާލުމާއި އަދަބު ކުޑަކޮށް ވާހަކަ ދެއްކުމާއި އަނިޔާ ކުރުމުގެ އެތައް ހާދިސާތަކެއް ކޮންމެ ދުވަހަކުހެން ހިނގާ ކަމަށް ބުނެފައިވެ އެވެ.

އެންމެ ފަހުން ސީމާގެ މައްސަލަ ފުލުހަށް ހުށަހެޅީ ދުލުން ފާހާނަ ސާފު ކުރަން ސުނީތާއަށް އަންގައި އޭނާ ލައްވާ ގަދަކަމުން އެކަން ކުރުވުމުންނެވެ. ސީމާ ވަނީ ސުނީތާ ލައްވާ ފާހާނަ ތަށީ އެތެރޭގައި ހަޑިވެފައިވާ ތަންތަނުގައި ދޫލައްވާފަ އެވެ. އަދި ތަށީގެ ބޭރުވެސް ސާފު ކުރުވީ ދުލުން ކަމަށްވެ އެވެ.

ފުލުހަށް މައްސަލަ ހުށަހެޅި ސީމާ ދަރިފުޅު އަޔޫޝްމަން އޭނާގެ ރަހުމަތްތެރިއަކަށް ގުޅައި އެކަން ކޮށްދިނުމަށް އެދުމުން ރަހުމަތްތެރިއާ އެވެ.

ސީމާގެ ފިރިމީހާ އަކީ އިންޑިއާގެ ސިވިލް ސާވިސްގައި ކުރީގައި އިސް މަގާމުތަކެއް އަދާކޮށްފައިވާ އޮފިސަރެކެވެ. ސުނީތާ ވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ސީމާގެ ދަރިފުޅު އަޔޫޝްމަން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

މި މައްސަލައިގަ ބީޖޭޕީން ވަނީ އެ ޕާޓީގެ ހަރަކާތްތަކުން ސީމާ ސަސްޕެންޑު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް