ފެންބޮޑުވުމުގެ ބޮޑު ކާރިސާއެއް ހިނގާފައިވާ ޕާކިސްތާނަށް އެހީވުމަށް 160 މިލިޔަން ޑޮލަރުގެ އެހީ ބޭނުންވާނެ ކަމުގައި އދ އިން ބުނެފިއެވެ.
ބޯކޮށް ވާރޭވެހި ކޯރުތައް ފުރި ކޯރުތައް ބަންޑުންވެ މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ފެންބޮޑުވުމުގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވެއެވެ. ގެތައް ބިމާ ހަމަވެ ބައެއް ބޮޑެތި އިމާރާތްތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބި ދަނޑުބިންތައްވެސް ހަލާކުވެފައިވެއެވެ. ފެންބޮޑުވުމުގެ އަސަރު ގައުމުގެ ޖުމުލަ އާބާދީގެ 15 އިންސައްތައަށް ކޮށްފައިވާކަމަށް އެ ގައުމުން ބުނެއެވެ.
ޕާކިސްތާނަށް އެހީވުމުގެ ކެމްޕޭނު ފެށުމުގެ ރަސްމިއްޔާތުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މިއީ ތިމާވެއްޓަށް ކުރަމުން އަންނަ ނޭދެވޭ އަސަރުގެ ނަމޫނާއެއް ކަމަށާއި މިއަދު ޕާކިސްތާނަށް މިވަރުގެ އަސަރެއް ކޮށްފައިވާއިރު މާދަމާ އެހެން ގައުމަކަށް މިފަދަ އަސަރެއް ކޮށްފާނެ ކަމަށެވެ. ތިމާވެއްޓަށް ހޭލުންތެރި ކުރުވުމުގައި ނިދާފައިތިބެގެން ވާން ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް