ރާއްޖޭގައި އާންމުކޮށް ކުޅޭ ހުރިވާ ކުޅިވަރެއްގެ ބޯޅަ ސްޕޯޓްސް ޕްލަސް ފިހާރައިން ލިބެން ހުންނާނެއެވެ.
ގަލޮޅު މަދަރުސާ ކުރިމައްޗަށް ކަހަލަގޮތަކަށް ހުންނަށް ސްޕޯޓްސް ޕްލަސް ފިހާރައަކީ ކުޅިވަރުގެ އެކި ސާމާނު ވިއްކާ ފިހާރައެކެވެ. އެގޮތުން އެކި ކުޅިވަރުގެ ކޮލިޓީ ސާމާނު އެތަނުން ލިބެން ހުރެއެވެ.
ސްޕޯޓްސް ޕްލަސްއިން ލިބެންހުންނަ ބޯޅަތަކަށް ބަލާއިރު ފުޓްސަލް ބޯޅައިގެ މައެސްޓްރޯ، ނައިކް، މޮލްޓެން ފިފާކޮލިޓީ އަދި މޮލްޓެން ފިފާ ކޮލިޓީ ޕްރޯ ލިބެންހުންނާނެއެވެ.
އެފިހާރާގައި ހުރި އެހެން ބޯޅަތަކަށްބަލާއިރު މިކާސާ V300W އާއި V330Wވޮލީބޯޅައާއި އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަންގެ އޮފިޝަލް މެޗްބޯލް މޮލްޓެން 4200، އަދި 3200 އަދި މޮލްޓެން ނެޓްބޯޅަވެސް ލިބެއެވެ.
މީގެ އިތުރުން ފުޓުބޯޅައިގެ މޮލްޓެން ފީފާ ކޮލިޓީ ޕްރޯ 4800 އަދި ފީފާ ކޮލިޓީ ޕްރޯ 3555 މޮލްޓަން ބޯޅަވެސް ލިބެން ހުރެއެވެ.
ސްޕޯޓްސް ޕްލަސްއިން ވިއްކާ ސާމާނުގެ ތެރޭގައި، ގޯލު ނެޓާއި، ވޮލީ އަދި ޓެނިސް ނެޓްގެ އިތުރުން ކުޅިވަރުގެ އެކިއެކި ސާމާނު ލިބެންހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް