ކ. އަތޮޅު ރިހިވެލި ރިސޯޓު ހިންގާ ފްރާންސް ކުންފުނީގެ މުވައްޒަފުން އެތަނުން ގަދަކަމުން ބޭރުކުރަން ބަޔަކު މަސައްކަތްކޮށް ރިސޯޓްގައި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހަވީރު4:00 ގައި ކަމަށެވެ.
ފުލުހުން މަސައްކަތްކުރަމުން އަންނަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރިސޯޓްގައި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
https://twitter.com/nazimsat/status/1432671988896595976
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް