ޔޫއޭއީގެ ވެރިރަށް އަބޫދާބީން ނެރޭ ގްރީން ލިސްޓުގައި އަނެއްކާވެސް ރާއްޖެ ހިމެނިއްޖެ އެވެ.
މިއީ މިއަހަރު ގްރީން ލިސްޓުގައި ރާއްޖެ ހިމެނި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން މިދިޔަ ޖުލައި މަހު ފަހުކޮޅު ލިސްޓު ގައި ހިމެނުމަށް ފަހު ނަން އުނި ކުރީ މިމަހުގެ17 ވަނަ ދުވަހު އެވެ.
މިއަދު ޔޫއޭއީ ފޯސަންއިން އާންމު ކުރި އެންމެ ފަހުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމެނުމުން މާދަމާއިން ފެށިގެން ރާއްޖެއިން ދަތުރު ކުރާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. އެ ލިސްޓުގައި ރާއްޖެ އާއި އެކު އިއިތުރު55 ގައުމެއް ހިމަނާފައިވެ އެވެ.
މި ގައުމުތަކުގެ މީހުން ކަރަންޓީން ވާން ނުޖެހުނު ނަމަވެސް އަބޫދާބީގެ އެއާޕޯޓުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެއެވެ. އަބޫދާބީއަށް އެތެރެވެ ކަރަންޓީން ވާން ޖެހޭ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ކަރަންޓީނުވާން ޖެހޭނީ ހަތް ދުވަހަށެވެ. ވެކްސިން ފުރިހަމަ ނުކުރާ ނަމަ14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ.
ލިސްޓަށް ބަދަލު ގެންނަނީ އެ ގައުމުތަކުގެ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހުއެވެ. ދޭތެރެ ދޭތެރެއިން އެ ލިސްޓަށް ބަދަލު ގެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް