ކޯވިޑް-19ގެ ހާލަތު ރަނގަޅުވުމުން ގޭގެއަށް ގޮސް ކުނި ނެގުމަށް ވެމްކޯ އިން ނިންމައިފި އެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުންދާތީ ކުނި ނެގުމުގެ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސެޕްޓެމްބަރު 15 އިން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންވާނީ އިއުއޮއްސި 6:00 އިން 7:00 އާއި ދެމެދުގެ ވަގުތެއްގައި ބުނެފައިވެ އެވެ. އަދި ކުނި ނަގާނީ އިމާރާތުގެ އެތެރެއިން ގޭގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށް ވެސް ބުނެފައި ވެއެވެ.
ވެމްކޯ އިން ބުނީ އެ ގަޑިތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް އެދޭ ކަމަށާއި ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ހަރަކާތް ތެރިވަމުން ދާނީ ރޭގަނޑު 8:00 އިން 11:00 ދެމެދުގަ ކަމަށެވެ.
"ވެމްކޯއިން ކުނި ނެގުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަޖިސްޓަރީ ކޮށްފައިވާ ގެތަކަށް." ބަޔާނުގައި ބުނެފައި ވެއެވެ.
މަގުމަތީ ކުނި ބެހެއްޓުން ސިޓީ ކައުންސިލުން މަނާކުރުމާއި ގުޅިގެން އެއްވެސް ގެއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސް ކުރެ އެވެ. އަދި ރައްކާތެރި ގޮތުގައި ކުނި ބަންދުކުރުމަށާއި އަންގާފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ ގޮތައް އާންމުން އަމަލު ކުރުމަށްވެސް އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް